#thinadhoo
Explore tagged Tumblr posts
dhivehi · 11 months ago
Text
ތާރީޚު: ދިވެހި ރާއްޖޭގައި މަރުހިފުމުގެ ހާދިސާ 1
Tumblr media
މުހައްމަދު ޝިހާބް
 20/11/2020 - 14:00
ދިވެހި ތާރީޚު ދައްކާ ގޮތުން ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން ހުކުމ��ކޮށް މީހުން މެރުން ނުވަތަ މަރުހިފުމަކީ ކޮށްއުޅުނު ކަމެއް ނޫނޭ ބުނެވިދާނެއެވެ. އެހެނީ ދިވެހިރާއްޖޭގައި އިސްލާމް ދީން ގާއިމުކުރެވުނު ކަމަށް ބަލާ މީލާދީ ގޮތުން 1153 ވަނަ އަހަރުން ފެށިގެން މިހާތަނަށް (2020 އަށް) 867 އަހަރު ވެފައިވާއިރު މަރުހިފުމުގެ ހާދިސާއަކަށް އެނގެން އޮތީ އެންމެ ހާދިސާއެވެ. އެއީ މީގެ 67 އަހަރު ކުރިން، 1953 ގައި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ގއ.ނިލަންދޫ ހަކީމު ދީދީ ގަޔަށް ބަޑިޖަހައި މެރުމުގެ ހާދިސާއެވެ.
މި ހާދިސާއިން އެގެން ހުރި މައުލޫމާތުތަކަށް ވިސްނާލާއިރު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ މެރުމުގެ އެހާދިސާ ހިނގާފައިވާ އެވަނީ އެންމެ ފުރިހަމައަށް ތަހުގީގު ކުރެވި ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުކުރެވިގެން ބާވައެވެ؟ އަދި އެ މަރުހިފުން ކުރިޔަށްގެންދެވިފައި ވަނީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ބާވައެވެ؟ ނަމަވެސް މަރުހިފުމުގެ އެހާދިސާ އެއޮތީ ދިވެހިރާއްޖޭގައި ހިނގާފައެވެ. ދެން އޮތީ އެކަމުން އިބުރަތް ލިބިގަތުމެވެ.
މަރުހިފުމުގެ މިހާދިސާއަށް ބަލާއިރު އެގެންއޮތީ އެއީ ގދ.އަތޮޅު ވެރިޔާ ވީރު އަލީ ދީދީއަށް ސިހުރު ހަދައި/ވިހަ ބޯންދީގެން ބަޔަކު އޭނާ މަރާލުމާއި އަދި އޭރުގެ ރާއްޖޭގެ ބޮޑުވަޒީރު މުހައްމަދު އަމީނު ދީދީ އަވަހާރަކޮށްލުމަށް ސިހުރު ފަންޑިތަ ހެދުމާއި ގުޅިގެން އައި މަރުހިފުމުގެ ހުކުމެއް ކަމެވެ. ދިވެހި ތާރީޚުގައި މިވާހަކަ މަޝްހޫރުވެފައި ވަނީ ރައީސް އަމީނު ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދުމުގެ ސަބަބުން މަރުހިފުމަށް ކުރެވުނު ކަމެއްގެ ގޮތުގައެވެ. ނަމަވެސް މައްސަލާއިގެ އަސްލު ގުޅެނީ މުޅިން އެހެން މީހަކަށް ސިހުރު ހަދައި މަރުވި މައްސަލައަކާއެވެ. މިހާދިސާތައް ހިނގާފައި ވަނީ މީލާދީން 1952 އާއި 1953 ގައެވެ.
މައްސަލައިގެ ހާދިސާ
އޭރު ހުވަދު އަތޮޅު އަތޮޅުވެރިޔަކަށް ހުރި ވީރު އަލީ ދީދީގެ އާއި މެދު އެ އަތޮޅު ވިލިގިލީ ދޮން އަހުމަދުގެ އަނީސް ކިޔާ މީހަކާއި ދެމެދު އުފެދުނު އަދާވަތްތެރިކަމެއްގެ ސަބަބުން އަތޮޅުވެރިޔާ ވީރު އަލީ ދީދީއަށް ސިހުރު ހަދުވައި ވިހައެއް ބޯންދީ އޭނާ މަރާލުމާއި ގުޅިގެން ހިންގި ތަހުގީގެކެވެ. މި އަދާވާތްތެރިކަމަކީ ހުވަދުއަތޮޅު ތިނަދޫއާއި އެއަތޮޅު ވިނލިގިއްޔާ ދެމެދު ކުރީއްސުރެ އޮތް ރަށުގެ ވާދަވެރިކަމުގެ ބައެކޭ ވެސް ބުނެއެވެ. ހުވަދުއަތޮޅު (ގއ. އަދި ގދ. އަށް) ދެބައި ކުރުމުގެ ކުރިން ތިނަދޫ އާއި ވިލިނގިއްޔަކީ ވަރަށް ވާދަވެރި ދެރަށްކަމަށް ވެއެވެ. ވެރިކަން ކުރަމުން އައީ ތިނަދޫގައެވެ. މައްސލާގައި ހިމެނޭ މަޝްހޫރު ފަންޑިތަވެރިޔާ ހަކީމު ދީދީގެ ރަށަކީ ވިލިނގިއްޔާއި ޖެހިގެން ކައިރީގައި އޮންނަ ނިލަންދޫ އެވެ.
ތިނަދޫގައި ހުރި އަތޮޅުވެރިޔާ ވީރު އަލީ ދީދީ އަކީ ދައުލަތުގައި ބަސްވިކޭ ބާރުގަދަ ވެރިއެކެވެ. އެއާއެކު މުޅި ރާއްޖޭގައި ވެސް އޭރު ހުރި ބާރުގަދަ ފަންޑިތަވެރިޔާ ހަކީމު ދީދީ އާއި މެދު އަތޮޅުވެރިޔާ އެހާ ރުހޭ ކަމަކަށް ނުވެއެވެ. އަތޮޅުވެރިކަމުގެ ބާރާއި ފަންޑިތަވެރިކަމުގެ ބާރުގެ ދެމެދުގައި އޮތް ނުތަނަވަސް ކަމަކީ ބާވައެވެ؟ ވީރު އަލީ ދިދީ އަތޮޅުގެ ރަށްރަށަށް ދަތުރުކ��ށް ދައުލަތަށް ދައްކަން ޖެހޭ “ޓެކްސް” (ހިކިމަހާއި ކުފުރާ) ދައްކަމުން ދޭތޯ ބަލަމުންދިޔައެވެ. 1952 ގައި އަމީން ދީދީގެ ބޮޑު ވަޒީރުކަމުގައި ހުރިހާ ވިޔަފާރިއެއްގެ ކޮންޓްރޯލް މާލެއަށް ނެގުމުގެ ނުތަނަވަސްކަން ދެކުނުގެ 4 އަތޮޅުގައި ވެސް އޮތެވެ. އެއާއެކު އަމީނު ދީދީގެ ޒަމާނީ ވިސްނުމާއި ދެކޮޅު މީހުންވެސް އުފެދެމުން ދިޔައެވެ. އެގޮތުން އަމީނު ދީދީގެ އުސޫލުތަކުގެ ދަށުން ރަށްރަށުގައި ސީދާ ބޮޑެތި މަގުތައް ހަދަންމުން ދިއުމުން މީހުންގެ ގޯތިން ބައެއް ގެއްލުމާއި ރުއްގަސް ގެއްލި، ބަދަލެއް ނުލިބި ދިޔުމުން މީހުންގެ ނަފުރަތު ބޮޑުވަމުން ދިޔައެެވެ. އަދި އަންހެނުން ކުރިއަށްނެރެން ކުރި މަސައްކަތަށް ވެސް އޭރު ގިނަބައެއްގެ ނުރުހުން އޮތެވެ.
އަތޮޅުވެރިޔާ ވީރު އަލީ ދީދީއަކީ އަމީނުގެ އިތުބާރު އޮތް އޭނާގެ އުސޫލުތައް ހުވަދުއަތޮޅުގައި ހިންގަމުން އައި ބާރުގަދަ ވެރިއެވެ. ދެރަށުގެ ވާދަވެރިކަމާއި އެކު ވީރު އަލީ ދީދީ ނެތިކޮށްލުމަށް (މަރާލުމުށް) ވާދަވެރި ވިލިނގިލީ ފަންޑިތަވެރިޔާ ދޮން އަހުމަދުގެ ދަރި އަނީސް (ރެކިފުތާ) ގެ ނިޔަތް އޮވެމެ، އެކަމަށް ނިލަންދޫ ހަކީމު ދީދީގެ އެހީތެރިކަން ހޯދިއެވެ. އެގޮތުން ވީރު އަލީ ދީދީ އާއްމުކޮށް އަތޮޅުތެރެގައި ކުރާ ދަތުރުގެ ބުރެއްގޮތުން ވިލިނގިޔަށް ކުރި ދަތުރަކަށް އަނީސް އާއި އޭނާގެ ބައިވެރިން ތައްޔާރުވަމުން ދިޔައެވެ.
އަނީސްގެ އެދުމަށް، އޭރު މުޅި ރާއްޖެއިން ވެސް މަޝްހޫރު، ފަންޑިތަވެރިޔާ ގއ. ނިލަންދޫ ޙަކީމް ދީދީ ވިލިގިއްޔަށް ގެނެސް ސިހުރުގެ ފަންޑިތައެއް ހެދިއެވެ. މި ސިހުރު ހެދުމުގައި ހަކީމު ދީދީގެ އިތުރުން ގއ. ވިލިނގިލީ ދޮންދިޔަގެ އަލީ ތައްޚާނާއި، ދޮން އަހުމަދުގެ އަލީ ތަކުރުފާނާއި، ދޮން އަހުމަދުގެ އައިސާ ފާނު އަދި ދޮން އަހުމަދުގެ އަނީސް ގެ އަންހެނުން ފާތިމަތު ދީދީ އެކިގޮތްގޮތުން ބައިވެރިވެފައި ވެއެވެ.
Tumblr media
ދިވެހި ތާރީޚުގައި މަރުގެ ހުކުމް ތަންފީޒު ކުރި ހަމައެކަނި ހާދިސާގެ ކުށްވެރިން އަދި އޭރުގެ ރައީސް މުހައްމަދު އަމީނު ދިދީ
ވިލިނގިލީ ފަޅުތެރެއިން އަނީސް ވިހަ ހިކައެއް ހިފައިގެން އައިސް ސިހުރު ހަދުވާފައިވާ ވިހަ ހިކަ ލައިގެން އައިސާފާނު ލައްވައި ސައި ކެއްކުވިއެވެ. އަދި އެސައި ވީރު އަލީ ދީދީއަށް ގެންގޮސް ދިިނީ އަނީސްގެ އަންހެނުން ފާތިމަތު ދީދީއެވެ.
ވިލިގިއްޔަށް ކުރާ ދަތުރު ތަކުގައި ވީރު އަލީ ދިދީއަށް އަބަދުވެސް ދޮން އަހުމަދު ގެއިން ސަޔަށް ދައުވަތު ލިބެއެވެ. އެގޮތުގެ މަތީން އެފަހަރު ވެސް ދައުވަތު ލިބި، ދޮން އަހުމަދާއި އެކު އެގޭގައި ބޯކިބަލާއި އެކު ސަޔާއި ބޮމުން ސިޔާސީ ވާހަކައާއި ދައުލަތަށް ދައްކަން ޖެހޭ “ޓެސްކްގެ” ވާހަކަ ދައްކަމުން ދިޔަކަމަށް ވެއެވެ. އެ ދަތުރުގައި ބޮޑަށް ވާހަކަ ދެކެވުނީ ރާއްޖޭގެ އައު ޒުވާން ލީޑަރު އަމީން ދީދީ ގައުމުގެ ކަންކަމާއި ހަވާލުވެފައިވާ ވަހަކައާއި މާލެ ފޮނުވަން ޖެހޭ “ޓެކްސް”ގެ ވާހަކަ ކަމަށްއެވެ. އެދުވަސްވަރުގެ ރައްޔިތުންގެ އަތްމަތި ދަތިކަމާއި (ދެވަނަ ބޮޑު ހަގުރާމައަށްފަހު ރާއްޖެއަށް ކުރިމަތިވި ތަދުމަޑުކަން) ވިޔަފާރިތައް މާލެއިން ކޮންޓްރޯލްކޮށް ޓެސްކް ނަގާތީ ދޮން އަހުމަދުގެ އޮތް ނުތަނަވަސްކަން ހާމަކުރިއެވެ.
ސައިބޮއެ ނިމި މާގިނަ އިރެއްނުވެ ވީރު އަލީ ދީދީގެ ހަތަރެސްފައިން ބާރުދަށްވާން ފަށައި، އަތްފައި ތުރުތުރުލައި ވާހަކަ ދެއްކުމަށް އުނދަގޫވެ ހާލު ދެރަވާން ފެށިއެވެ. އަދި ލޮލުގެ ކަޅި ހުއްޓި ހޭނެތިގެން ވެއްޓުނެވެ. އެއާއެކު އަތޮޅުު ބައްތެލީގައި އައި ވީރު އަލީދީދީގެ ބައިވެރިން އަވަހަށް އޭނާ ނަގައި އަނބުރާ، އަތޮޅުގެ އަނެތް ބިތުގައި (ހުޅަގުބިތުގައި) އޮންނަ، ތިނަދޫއަށް ގެންދިޔައެވެ. ނަމަވެސް ހާލު ދެރަވަމުން ގޮސް އެންމެ ފަހުން ވީރު އަލީ ދީދީ މަރުވެ، ހާދިސާއަށް 24 ގަޑިއިރު ވަޅުލައިފިއެވެ.
ވީރު އަލީ ދީދީގެ މަރުގެ ޚަބަރު މާލެއަށް، މުހައްމަދު އަމީނަށް ލިބުމުން ބޭނުންފުޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމިއްލައަށް ހުވަދުއަތޮޅަށް ދަތުރު ކުރައްވާށެވެ. އަމީން ދީދީގެ މި ދަތުރުގެ މައުލޫމާތު ހަކީމް ދީދީ އަށާއި ބައިވެރިންނަށް ވެސް ލިބި އަމީނު ދީދީއަށް ސިހުރުން ހަމަލާދީ ނެތިކޮށްލުމަށް، ނުވަތަ އޭނާގެ ބާރު ކަނޑުވާލުމަށް ތައްޔާރުވަމުން ދިޔައެވެ. (ނޯޓު: ގއ. އަދި ގދ.ގެ ބައެއް މީހުން ބުނާ ގޮތުގައި މުހައްމަދު އަމީނު މައްސަލަ ބެއްލެވުމަށް ހުވަދުއަތޮޅަށް ދަތުރުކުރެއް ނުކުރައްވައެވެ.)
(ނުުނިމޭ)https://mikalnews.com/report/12531/
ތާރީޚު: ދިވެހި ރާއްޖޭގައި މަރުހިފުމުގެ ހާދިސާ 2
ތާރީޚު(ކުރީގެ ބަޔާއި ގުޅޭ)
ވީރު އަލީ ދީދީގެ މަރުގެ ޚަބަރު މާލެއަށް، މުހައްމަދު އަމީނަށް ލިބުމުން ބޭނުންފުޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމިއްލައަށް ހުވަދުއަތޮޅަށް ދަތުރު ކުރައްވާށެވެ. އަމީން ދީދީގެ މި ދަތުރުގެ މައުލޫމާތު ހަކީމް ދީދީ އަށާއި ބައިވެރިންނަށް ވެސް ލިބި އަމީނު ދީދީއަށް ސިހުރުން ހަމަލާދީ ނެތިކޮށްލުމަށް، ނުވަތަ އޭނާގެ ބާރު ކަނޑުވާލުމަށް ތައްޔާރުވަމުން ދިޔައެވެ. (ނޯޓު: ގއ. އަދި ގދ.ގެ ބައެއް މީހުން ބުނާ ގޮތުގައި މުހައްމަދު އަމީނު މައްސަލަ ބެއްލެވުމަށް ހުވަދުއަތޮޅަށް ދަތުރުކުރެއް ނުކުރައްވައެވެ.)
އަމީނު ދީދީގެ އޮޑި “ހައި ސެންޓް” ހުވަދު އަތޮޅުތެރޭ ދަތުރު ކުރަމުން ދިޔައިރު ހަކީމް ދީދީ އާއި، ދޮން އަހުމަދުގެ އަލީ ތަކުރުފާނާއި، ދޮންދިޔަގެ ޢަލީ ތަކުރުފާނާއ،ި މި 3 މީހުން ގއ.ވިލިނގިލީ ޤަބުރުސްތާނުގައި ވަޅުލާފައިވާ ތުއްތު ދެ ކުއްޖެއްގެ މަހާނަ ކޮނެގެން ގަބުރުގެ މޭގަނޑުނަގައި އެއިން ތެޔޮ ހޭނިއެވެ. އަދި އެ ތެޔޮ އެ މީހުންގެ ހަށިގަނޑުގައި އުނގުޅައި، ތެޔޮހާނާފައި ބާކީ ހުރި ކުނޑިތައް (ކާވި) ކެއީ ކަމަށް ވެއެވެ. މީގެ އިތުރުން ހޭނި ތެޔޮ އަޅައިގެން ގޮދަން ފުށްގަޑެއް މޮޑެގެން، އަމީން ދީދީގެ ސޫރައެއް ހަކީމް ދީދީ ހެދިއެވެ. އަދި ދެ އަލީ ތަކުރުފާނު ލައްވައި އެ ރޯ ފުށްގަޑުގެ ސޫރަ ކައި ހުސްކުރުމަށް އެންގިއެވެ. ނަމަވެސް އެމީހުންނަށް އެ ސޫރަ ކައިކައި ހުސްނުކުރެވި ހޮޑުލެވެން ފެށީ ކަމަށް ވެއެވެ.
އެދުވަސްވަރު، މަސްފަންޑިތަ އާއި އިސްތިރި ވަރިތޮޅި އަދި ސިހުރު ހާހޫރައިގެ ފަންޑިތަވެރިކަމުގެ އެންމެ ކުޅަދާނަ، ބާރު ގަދަމީހާ ހަކީމު ދީދީއަށް، “ފުށްގަނޑު ސޫރަ” ކައި ހުސްކޮށް ނުލެވުމުން އޭނާގެ މަގުސަދު ހާސިލު ނުވެދާނެ ކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް އޭނާ ބޭނުންވީ އިތުރަށް ފަންޑިތަހަދައި އަމީނު ދިދީއަށް ވިލިނގިލީ ކައިރީ އޮތް ނ��ލަންދޫއަށް އޭނާ ބަލާއައިސް އެރުނަ ނުދިނުމަށެވެ.
ބައެއް މީހުން ބުނާ ގޮތުގައި އޭރު މުހައްމަދު އަމީނު ވަނީ ހަކީމު ދީދީއާއި ދެކޮޅަށް އޭނާގެ ދެ އަންހެން ދަރީން ރީތީގެ މުބާރާތް “މިސް ފަތްމިނި” އަށް މާލެ ގެންގޮސްފައެވެ. އެކަމުގެ ނުރުހުމާއި ބަދަލު ހިފުމުގެ ރޫހު ހަކީމު ދީދީގެ ވެސް އޮތް ކަމަށެވެ. ހަމަ އެއާއެކު، އެދުވަސްކޮޅު މަލޭގައި ސޯސަން ވިލާގައި ބަހައްޓާފައި ހުރި ހަކީމު ދީދީގެ އަންހެން ދަރިއަށް މުހައްމަދު އަމީނުގެ ކަރުގައި ހުރި ފާރުގަނޑެއް ދައްކާފައި އެއީ ހަކީމު ދީދީގެ ސިހުރުގެ ކަމެއްކަމަށް މުޙައްމަދު އަމީނު ބުނިކަމަށް ވެސް ވެއެވެ. ވުމާއެކު މުހައްމަދު އަމީނު ވެސް ބޭނުންވެފައި އޮތީީ، އޭރު މަޝްހޫރު ފަންޑިތަވެރިޔާ ހަކީމު ދީދީގެ ކިބައިން ބަދަލުހިފުމަށް ކަމަށް ވެއެވެ. އަދި ސިހުރު ހާހޫރައިގެ ފަންޑިތަވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ކުރިއަށް ނުކުމެހުރި ކަމަށް ވެއެވެ.
Tumblr media
ހުވަދޫއަތޮޅު
ގއ.ނިލަންދޫ ފާލާމާއި ދިމާލުން ހޮޅުއަށީގައި ހަކީމު ދީދީއާއި ރަށުގެ ބޮޑެތި މީހުން ސިޔާސީ ވާހަކައާއި އެކިއެކި ވާހަކަ ދެއްކުމުގައި ތިއްބާ، ކުއްލިއަކަށް ހަކީމު ދީދީ ފުންމައިގެން ތެދުވެފައި “އެ އަންނަނީ ތިމަންނަ ބަލާ” ކަމަށް ބުނެ ރަށާއި ދިމަލަށް ފަޅުތެރެއިން އަންނަ ކުޑަ އުޅަނދެއް ދެއްކިއެވެ. އަދި ރަށަށް އަރާކަށް ލާހިކެއް ނޫން ކަމަށް ބުނެ، ތެދުވެގެން ގޮނޑުދޮށަށް ގޮސް ‘ތިން ރަމަލުން ރަލަމަލް’ ޖެހިކަމަށެވެ. އަދި އެއާއެކު އުޑުމަތި ބަނަވާން ފަށައި، ކަނޑު ގަދަވެ ރާޅުތައް ބޮޑެތިވާން ފެށިކަމަށެވެ.
އެއީ މުހަމައްދު އަމީނު ދަތުރުކުރަމުންދިޔަ ޑިންގީ ގއ.ނިލަންދޫ އާއި ދިމާލަށް ދިޔަ ވަގުތުކަމަށް ވެއެވެ. ހަކީމު ދީދީގެ ފަންޑިތައާއެކު ޑިންގީ އަޑިއަށް ދާހެން ރަށުގައި ތިބި މީހުންނަށް ހީވި ކަމަށެވެ. ބައެއްފަހަރު ނަގާ ރާޅުތަކުގެ ތެރެއަށް ޑިންގީ އެއްކޮށް ގެއްލެއެވެ. ނަމަވެސް ރާޅުތަކުގެ ތެރެއިން ޑިންގީ ރަށާއި ކައިރި ވަމުން ދިޔައެވެ. އެއާއެކު ހަކީމު ދީދީ އަށް ކާމިޔާބު ނުލިބުނު ކަން ޔަގީންވެ އަވަހަށް އެތަނުން ގޮސްފިއެވެ. ފާލަން ކައިރިއަށް އެއްވެފައިވާ މީހުންތަކުގެ ތެރެއިން، އައިނެއް އަޅައިގެން ހުރެ ރަށަށް ފޭބީ އޭރުގެ ރާއްޖޭގެ ވެރިކަމުގައި ހުރި އެންމެ ބާރުގަދަ ވެރިޔާ، ބޮޑުވަޒީރު މުހައްމަދު އަމީނެވެ. އަމީން ދީދީ އެރަށަށް އެއައީ އަތޮޅުވެރިޔާ ވީރު އަލީ ދީދީގެ މަރުގެ ތަހުގީގަށް ހަކީމު ދީދީ ބަލައިކަން އެންމެންނަށް ޔަގީން ވެގެން ދިޔައެވެ. މީހުންގެ ކަޅިތައް ދެފަރާތަށް ހޫރިލާ ހަކީމު ދީދި ކޮބައިތޯ ބެލިއިރު ފެންނާކަށް ނެތެވެ. ފާލަމާއި މާދުރު ނޫން ހިސާބު ހަކީމު ދީދީގެ ގޭގައި އެނދުގައި ދެއަތް ބޯ ދަށަށްލައިގެން ދެން ކަންތައްކުރަންވީ ގޮތަކާއިމެދު ފިކުރުކުރަން އޮތެވެ. ހަކީމު ދީދީ ނިންމީ އޭނާގެ ފަންޑިތަވެރިކަމުގެ މަޝްހޫރުކަން ދެމިގެން ދާނީ އެގޮތުގައި އެގޮތުގައި މަރާ ހަމަޔަށް ވެސް ދިއުމުން ކަމަށެވެ.
ސިހުރު ފަންޑިތަވެރިކަމުން މިދަތުރުގައި މުހައްމަދު އަމީނަށް އަސަރުކުރާވަރުގެ ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. ހަކީމު ދީދީ އާއި މައްސަލާގައި ހިމެނޭ މީހުން މާލެ ގެންގޮސް ޝަރީއަތް ކުރިއެވެ.
ހުޅުވާލައިގެން ބޭއްވި ޝަރީޢަތުގައި ހަކީމް ދީދީ އާއި ދޮން އަޙްމަދުގެ ޢަލީ ތަކުރުފާނު ވަނީ ގިނަބައެއްގެ ކުރިމަތީގައި އެކަން ކުރިކަމަށް އިޢުތިރާފުވެފައެވެ. ނަމަވެސް ދޮންދިޔަގެ އަލީ ތަކުރުފާނު މިކަމަށް އިންކާރު ކުރިކަމަށް ވެއެވެ. އެކަމަކު ދޮންދިޔަގެ ޢަލީ ތަކުރުފާނު ވެސް އެކަމުގައި ބައިވެރިވިކަމަށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށް ބަލާފައި ވެއެވެ.
ވިހަ ހިކަ ލައިގެން ސައި ކައްކައިދިން ކަމަށާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ވީރު އަލިދީދީ ނެތިކޮށްލުމަށް ހިންގި ކަންކަމުގައި ބައިވެރިވިކަމަށް ދޮން އަހުމަދު ދީދީގެ އައިސާފާނު އެއްބަސްވިއެވެ. އަދި އަނީސްގެ އަންހެނުން ފާތިމަތު ދީދީ ވީރުއަލީ ދީދީއަށް ސައި ގެންގޮސް ދިން ކަމަށް އެއްބަސްވިއެވެ.
އެ އެންމެން ވެސް، މީހަކު މެރުމަށް ސިހުރު ހެދުމުގައި ބައިވެރިވިކަން ޝަރީއަތަށް ސާބިތު ކުރެވި، ފަނޑިޔާރު ޖަލާލުއްދީން ހުކުމްކުރެއްވީ ދޮންދިޔަގެ އަލީ ތަކުރުފާނާއި، ދޮން އަހުމަދުގެ ޢަލީ ތަކުރުފާނު އަދި އައިސާ ފާނު 39 އެތިފަހަރުން ތައުޒީރުކުރުމަށް ފަހު އުމުރު ދުވަހަށް ހައްޔަރުގައި ބެހެއްޓުމަށެވެ. އަދި ފާތިމަތު ދީދީ 29 އެތިފަހަރުން ތައުޒީރުކުރުމަށް ހުކުމް ކުރިއެވެ. ނަމަވެސް ފާތިމަތު ދީދީ ވިހަން ކައިރިވެފައި އިނުމުން ހުކުމް ތަންފީޒުކުރުން ވިހައި ގަދަވަންދެން ފަސްކުރެވުނެވެ. ޝަރީއަތުގެ 4 މަސްދުވަހުގެ ތެރެގައި އަނީސް ނިޔާވީއެވެ.
މީހަކު މެރުމުގެ ނިޔަތުގައި ސިހުރު ހެދިކަމަށް އިއުތިރާފުގެ ބަހާއެކު ޝަރީޢަތުގެ މަޖިލީހުން ފަނޑިޔާރު ހުކުމް ކުރެއްވީ ގއ.ނިލަންދޫ ޙަކީމްދީދީގެ މަރު ހިފުމަށެވެ.
Tumblr media
ދިވެހި ތާރީޚުގައި މަރުގެ ހުކުމް ތަންފީޒު ކުރި ހަމައެކަނި ހާދިސާގެ ކުށްވެރިން އަދި އޭރުގެ ރައީސް މުހައްމަދު އަމީނު ދިދީ
އެއާއެކު ހަމަ އެދުވަހު، 7 އޭޕްރީލް 1953 ގައި ހަކީމް ދީދީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންތައްތައް ހުޅުލޭގައި ކުރިޔަށް ގެންދެވުނެވެ. އެތަނަށް ފަނޑިޔާރު ޖަލާލުއްދީނާއި އޭރުގެ ވަޒީރުލް އަމީން އާންމާއި، ވަޒީރުލްއަމީން އާންމުގެ ވަކީލާއި، މަހުކަމަތުއް ޝަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުންނެވި އައްޝައިޚް އިބްރާހިމް ރުޝްދީ އަލްއަޒްހަރީ އާއި، ފަޟީލަތުއް ޝައިޚް މަލިމް މޫސާ ކަލޭފާނުގެ ހާޒިިރުވެ ތިއްބެވެ. ބަޑިޖެހުމުހުގެ ކުރިން ހަކީމު ދީދީގެ ފަހު ވަސިއްޔަތެއް އޮތްތޯ އަމީން ދީދީ ފުރުސަތު ދެއްވުމުން ވަސިއްޔަތެއް ނެތްކަމަށް ބުނިކަމަށް ވެއެވެ. އެއާއެކު ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ރުކެއްގައި އައްސާފައި ބަހައްޓައި، ޓިނު އަލިފުޅު ލައްވައި ހަކީމް ދީދީ ގަޔަށް ބަޑިޖަހައި މަރުހިފައިފީއެވެ.
ސިހުރު ހެދުމުން މަރުގެ އަދަބުދިނީއެވެ.
އެއިގެ ކުރިން ވެސް އަދި ފަހުން ދިވެހިރާއްޖެގައި އަދި މިހާތަނަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާކަން އެނގޭކަށް ނެތެވެވެ. ނަމަވެސް ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވަރިކަން ބަދަލުކޮށްލުމަށް ހަމަލާ ދިންމީހުން މެރުމަށް ހުކުމްކޮށް، އެހުކުމް ތަންފީޒުކުރުން 25 އަހަރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފައި ވެއެވެ. މިބުނެވުނު މަރުގެ ދެ ހުކުމް ވެސް ކޮށްފައި ވަނީ އެ��ްމެ މަރުހާލައެއްގެ ކޯޓަކުންނެވެ.
އެއިގެ ފަހުން، ފައިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުން މަރުގެ ހުކުމް ކޮށްފައި ވެއެވެ. 2017 ވަނަ އަހަރު ރައީސް ޔާމީނު ވަނީ ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒުކުރުން އެ އަހަރު ސެޕްޓެމްބަރު މަހު ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކ.މާފުށީ ޖަލުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޚާއްސަ ކޮޓަރިއެއް ހަދާފައިވެއެވެ. މަރުހިފުމަށް ކަނޑައަޅާފައި ވަނީ ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖިކްޝަން ޖަހައިގެން ނެވެ. މި ދެ ގޮތަށް ވެސް މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންވާ ސާމާނު ވެސް ހޯދައި ވަނީ ތައްޔާރުކޮށްފައެވެ.
Tumblr media
ރާއްޖެގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ހަދާފައިވާ ކޮޓަރީގައި ހުރި ‘މަރު އެނދު’ 2017. ފޮޓޯ މިހާރު ނޫސް.
ރާއްޖޭގެ ކޯޓުތަކުން މަރުހިފުމަށް ހުކުމްކޮށް، އިސްތިއުނާފު މަރުހަލާތައް ނިންމާފައިވާ 3 މީހަކު އެބަތިއްބެވެ. އެއީ ދުުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖުލިސް މެމްބަރު، އަދި މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. އަފްރާޝީމްގެ އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލް އަދި ގާނޫނީ ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.
ނަމަވެސް އެއިން މީހަކަށް މަރުގެ ހުކުމް އަދި މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެއެވެ.
ނޯޓް: މިހާދިސާގެ މައުލޫމާތު ގެނެސް ދީފައި ވަނީ މިކަމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ލިޔެފައިވާ ލިޔުންތަކުގެ މައްޗަށް ބަލައިގެންވެ. އެގޮތުން މި ހާދިސާ ގއ. ނިލަންދޫއަށް ދަތުރުކޮށް އެރަށު މުސްކުޅިންގެ ބަސްތައް ހޯދައި ދިރާސާކޮށް ލިޔުނު ޑެނިއަލް ބޮސްލޭގެ ލިޔުމާއި maldivesculture.com ގެ ލިޔުމާއި ހަވީރު ނޫހުގެ (12 ފެބްރުއަރީ 2002)ގައި ލިޔެފައިވާ ލިޔުމެއް ހިިމެނެއެވެ.
މިހާދިސާ ހިނގިގޮތް ކަމަށް އެކި މީހުން ކިޔައިދީފައިވާ ގޮތާއި އެކި ލިޔުންތަކުގައި ތަފާތު ހުރި ކަން ފާހަގަ ކުރަމަވެ. ވުމާއެކު ސިދާ ތެދު ހަގީގަތަކީ ކޮބަިއކަން ބައެއްކަންކަމުގައި ޔަގީން ކުރެވޭގޮތް ވަނީ ނުވެފައެވެ.
12 notes · View notes
mhgbrown · 2 years ago
Text
Tumblr media
25 notes · View notes
humanrightsupdates · 4 months ago
Text
Bangladeshi Protesters in Maldives Face Arrest, Deportation
Government Should Respect Migrant Workers’ Right to Peaceful Protest
Tumblr media
Maldivian authorities say they plan to arrest and deport Bangladeshi nationals involved in organizing a peaceful protest in the southern atoll of G.Dh. Thinadhoo.
The July 25 protest was held, like many others across the region, after a recent crackdown by security forces on student protests in Bangladesh, with more than 200 people killed and thousands injured in the clashes that followed.
Minister of Homeland Security and Technology Ali Ihusaan accused the protesters of breaching a visa condition prohibiting migrants from engaging in any “political activities.” This condition violates the right to peaceful assembly under the International Covenant on Civil and Political Rights, to which the Maldives is a party. The Human Rights Committee, the international expert body that provides authoritative interpretations of the covenant, has stated: “Everyone has the right of peaceful assembly: citizens and non-citizens alike,” including foreign nationals, documented and undocumented migrants, and asylum seekers.
Rights groups have called on the Maldives’ government to revoke the decision to arrest and deport Bangladeshi nationals involved in the protest and “uphold constitutional and international human rights conventions.”
The Maldives has the highest proportion of foreign migrant laborers in South Asia, primarily from Bangladesh and India, including tens of thousands of undocumented migrants. Migrant workers in the Maldives face a range of entrenched abuses from employers, including deceptive recruitment practices, wage theft, passport confiscation, unsafe living and working conditions, and excessive work demands, which may amount to forced labor and violate domestic and international law.
13 notes · View notes
goalhofer · 2 months ago
Text
2024 olympics Maldives roster
Athletics
Ibadulla Adam (Thinadhoo)
Badminton
Fathimath Abdul-Razzaq (Malé)
Swimming
Mohamed Hussain (Malé)
Aishath Shaig (Malé)
Table tennis
Fathimath Ali (Colombo, Sri Lanka)
0 notes
beachlifetoursmaldives · 6 months ago
Text
Exploring the local islands of the Maldives with BeachLife Tours offers an unforgettable adventure filled with authentic experiences and cultural immersion. From the vibrant atmosphere of Maafushi to the serene beauty of Dhigurah and the unique charm of Thinadhoo, each island has something special to offer. With a range of activities, including snorkeling, diving, and culinary tours, BeachLife Tours ensures that your trip is both exciting and enriching. Plan your perfect Maldives Local Island Tour today and discover the true essence of this tropical paradise.
0 notes
cheatersmv2 · 9 months ago
Text
Anybody from G.Dh. Thinadhoo?
0 notes
travelbinge · 3 years ago
Photo
Tumblr media
By Ibrahim Mushan
Orchid Magu, Thinadhoo, Maldives
20 notes · View notes
raajjeproject · 3 years ago
Photo
Tumblr media
Thinadhoo 2009
2 notes · View notes
robertocar72 · 5 years ago
Video
instagram
#Isola 🌴 di #Thinadhoo #Maldive - 3 dicembre 2019: #Snorkeling sulla #barriera #corallina - Video del mio #Amico e #collega che si trova giù. #CheSpettacolo 🏖 🏝 🤿😜 (presso Thinadhoo, Kaafu, Maldives) https://www.instagram.com/p/B5o8vAMouNT/?igshid=1awizk0gr6n4w
1 note · View note
raroika · 6 years ago
Photo
Tumblr media
PARADISE 3/3 🇮🇹 Non c'è nulla di più stupendo. Trovare il cocco per strada camminando nella giungla. Non essere morsa dai moscerini per colpa del livello alto di acidità nel sangue. #notsweetgirl 🇵🇱 Nie ma nic piekniejszego. Znalezc kokos spacerujac po dzungli. Nie zostac pogryziona przez komary z powodu wysokiego poziomu kwasu we krwi. #notsweetgirl Check my new post about Maldives: www.raroika.com Namastè, Raroika #travelblogger #maldives #paradise #island #thinadhoo #glow (presso Thinadhoo, Kaafu, Maldives) https://www.instagram.com/p/Bx70k6yImQV/?igshid=mmcj7kutpo59
1 note · View note
elysianmaldives · 6 years ago
Video
instagram
Who else wants to spend a day like this 🙋🏼‍♂️🙋🏻‍♀️ WOW THINAHOO 🌞 🎥 @hccenn #sunnysideoflife #underwater #snorkeling #sea #ocean #felidhoo #shipwreck #vaavuatoll #plumeriathinadhoo #paddleboarding #beach #life #maldives #thinadhoo https://www.instagram.com/p/BkT8obRBJ3U/?utm_source=ig_tumblr_share&igshid=kipe4yymjhqv
2 notes · View notes
abdullashareef · 7 years ago
Photo
Tumblr media
Just living is not enough... one must have sunshine, freedom, and a little flower. 📷 @sey._.baan #vaavu #vaavuatoll #thinadhoo #visitthinadhoo #wowthinadhoo #masthinadhoo #vaavuthinadhoo #maldives #visitmaldives #sunnyside (at Thinadhoo (Vaavu Atoll))
1 note · View note
abookulsum · 6 years ago
Photo
Tumblr media
Rainy nights. #shotoniphone #maldives #thinadhoo #night #rain (at GDh. Thinadhoo) https://www.instagram.com/p/BuWfplpH_k9/?utm_source=ig_tumblr_share&igshid=10e3y6nxwv7l3
0 notes
politicallycorrectman · 4 years ago
Text
UN 101: COUNTRY STATEMENT
Statement on The Impact of Climate Change towards Food Security. 
The Republic of Maldives to the UN
The Food and Agriculture Organization (FAO) defines food security as a ‘‘situation that exists when all people, at all times, have physical, social, and economic access to sufficient, safe, and nutritious food that meets their dietary needs and food preferences for an active and healthy life”. This definition consists of four key dimensions of food supplies: availability, stability, access, and utilization. The initial focus, reflecting the global concerns of 1974, was on the volume and stability of food supplies. Food security was defined in the 1974 World Food Summit as “availability at all times of adequate world food supplies of basic foodstuffs to sustain a steady expansion of food consumption and to offset fluctuations in production and prices”. In 1983, FAO expanded its concept to include securing access by vulnerable people to available supplies, implying that attention should be balanced between the demand and supply side of the food security equation: “ensuring that all people at all times have both physical and economic access to the basic food that they need”.
Climate change affects agriculture and food production in complex ways. It affects food production directly through changes in agro-ecological conditions and in directly by affecting growth and distribution of incomes, and thus demand for agricultural produce. Impacts have been quantified in numerous studies and under various sets of assumptions. A selection of these results is presented in Quantifying the Impacts on Food Security. Here it is useful to summarize the main alterations in the agro-ecological environment that are associated with climate change.
The land area of ​​Maldives is only one percent of its total area while the rest is water. The main source of food security in the Maldives is the fisheries sector. Tuna is the main export product, because with poor soil conditions, food crops such as rice cannot be grown. Livestock raising is also limited, especially to goats and chickens for eggs. Domestic food production is only ten percent, while the rest must be obtained through imports. Maldives plans to improve agriculture and livestock to be used as economic support after tourism. Globally, the quality and quantity of agricultural and rural statistics has shown the inevitable decline to extremely low levels in the last two decades. The quality of the fisheries sector decreased from three percent in 2006 and to less than two percent in 2011 due to a 40 percent decrease in tuna catches over the same period. Meanwhile, the share of agriculture is at two percent.
Programmes and steps taken for food security in Maldives are the Hydroponics Agriculture Pilot Project taken up by MOFAMR in 2006 and Food Safety Advocacy sessions (1&2) in 2006 (Mittal, 2009). The project aims to promote the development of hydroponics production systems both by households and on a commercial scale, to help the country achieve food security as well as provide its citizens with an additional avenue of employment and income generation. The project also aims to increase the availability of high- quality horticultural products, which would improve nutritional status. 
Maldives is self-sufficient in fish whereas rice, wheat flour, fruits, vegetables and other food items are largely or entirely imported. The country is balancing its’ food requirements through both - domestic production and food imports. It is estimated that Maldives produces less than a tenth of its overall food requirements. The majority of food products, including 100 percent of the staples (rice, flour and sugar) are imported. To cater for the growing population and expatriate community coupled with the large number of tourists’ visiting the country, the Maldives needs to import large quantities of food every year. According to the Maldives Customs Services in 2011 alone, more than 24, 19 and 9 million kilograms of rice, flour and sugar respectively, worth over MRF 51 million were imported to the country. According to the State Trading Organization, the Maldives require 2,250 MT of rice, 1,000 MT of sugar and 1,200 MT of flour per month, worth approximately USD 3 million. The company has the capacity to maintain two months of buffer stock at a given time. The food distribution network consists of 3 main warehouses located at Male’, HA Kulhudhufushi and S Hithadhoo complimented with ten smaller warehousing facilities. (Ha Hoarafushi, Vili-Male’, Hulhu-Male’, LFonadhoo, GdH Thinadhoo, GA VilingilI, Gn FuahMulah, S Hulhudhoo, Feydhoo and Maradhoo). 
However, this mechanism is not adequate as a national food reserve or able to handle national emergencies. As a result, future food emergencies may well have severe consequences on the food security and livelihoods of the poor and vulnerable. Emergency preparedness response and rehabilitation are expensive and poorly addressed in the national development planning. All elements of disaster risk management, including disaster risk reduction (preparedness, prevention and mitigation), response, rehabilitation and relief giving particular emphasis to food insecure and nutritionally vulnerable groups need to be systematically incorporated into planning. The Maldives lack a food security policy. However, in response to the current food and fuel crisis, the Maldives is integrating food security into national planning through developing a national food security strategy. It has also removed tariffs on imported food items, agricultural inputs and fuel and is intensifying and diversifying agriculture and fisheries. The Maldives is also promoting and strengthening small and medium enterprises (SMEs) in both these sectors.
Referensi :
Anonym. 2012. "Food and Agriculture Organization Maldives Country Programming Framework 2013-2017". Colombo: Office of the FAO Representative for Sri Lanka and Maldives.
Food and Agriculture Organization. 2002. The State of Food Insecurity in the World 2001 (Food and Agriculture Organization, Rome).
Mittal, Surabhi; Sethi, Deepti. 2009. Food Security in South Asia: Issues and Opportunities, Working Paper, No. 240, Indian Council for Research on International Economic Relations (ICRIER), New Delhi.
1 note · View note
charlestie · 8 years ago
Photo
Tumblr media
Blue is 💙 #WhenInMaldives #lifeunfiltered #GodIsGood #Thinadhoo (at Maldives)
0 notes
izzo28-blog1 · 8 years ago
Photo
Tumblr media
Live with no excuses and Love with no regrets. #EasaShamih #iZZo #eEko #Maldives #Мальдивы #Maldivas #Maldive #Malediven #المالديف #马尔代夫 #Μαλδίβεςb #Maldivler #Asia #Saarc #Global #Island #PicOfTheDay #2017 #Photography #Instagram #InstaMaldives #VisitMaldives #plumeria #thinadhoo #vaavuatoll #iphone6 #iphonephotography (at Plumeria Diving and Water Sports Centre)
0 notes