#villingili
Explore tagged Tumblr posts
Text
ތާރީޚު: ދިވެހި ރާއްޖޭގައި މަރުހިފުމުގެ ހާދިސާ 1
މުހައްމަދު ޝިހާބް
20/11/2020 - 14:00
ދިވެހި ތާރީޚު ދައްކާ ގޮތުން ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން ހުކުމްކޮށް މީހުން މެރުން ނުވަތަ މަރުހިފުމަކީ ކޮށްއުޅުނު ކަމެއް ނޫނޭ ބުނެވިދާނެއެވެ. އެހެނީ ދިވެހިރާއްޖޭގައި އިސްލާމް ދީން ގާއިމުކުރެވުނު ކަމަށް ބަލާ މީލާދީ ގޮތުން 1153 ވަނަ އަހަރުން ފެށިގެން މިހާތަނަށް (2020 އަށް) 867 އަހަރު ވެފައިވާއިރު މަރުހިފުމުގެ ހާދިސާއަކަށް އެނގެން އޮތީ އެންމެ ހާދިސާއެވެ. އެއީ މީގެ 67 އަހަރު ކުރިން، 1953 ގައި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ގއ.ނިލަންދޫ ހަކީމު ދީދީ ގަޔަށް ބަޑިޖަހައި މެރުމުގެ ހާދިސާއެވެ.
މި ހާދިސާއިން އެގެން ހުރި މައުލޫމާތުތަކަށް ވިސްނާލާއިރު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ މެރުމުގެ އެހާދިސާ ހިނގާފައިވާ އެވަނީ އެންމެ ފުރިހަމައަށް ތަހުގީގު ކުރެވި ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުކުރެވިގެން ބާވައެވެ؟ އަދި އެ މަރުހިފުން ކުރިޔަށްގެންދެވިފައި ވަނީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ބާވައެވެ؟ ނަމަވެސް މަރުހިފުމުގެ އެހާދިސާ އެއޮތީ ދިވެހިރާއްޖޭގައި ހިނގާފައެވެ. ދެން އޮތީ އެކަމުން އިބުރަތް ލިބިގަތުމެވެ.
މަރުހިފުމުގެ މިހާދިސާއަށް ބަލާއިރު އެގެންއޮތީ އެއީ ގދ.އަތޮޅު ވެރިޔާ ވީރު އަލީ ދީދީއަށް ސިހުރު ހަދައި/ވިހަ ބޯންދީގެން ބަޔަކު އޭނާ މަރާލުމާއި އަދި އޭރުގެ ރާއްޖޭގެ ބޮޑުވަޒީރު މުހައްމަދު އަމީނު ދީދީ އަވަހާރަކޮށްލުމަށް ސިހުރު ފަންޑިތަ ހެދުމާއި ގުޅިގެން އައި މަރުހިފުމުގެ ހުކުމެއް ކަމެވެ. ދިވެހި ތާރީޚުގައި މިވާހަކަ މަޝްހޫރުވެފައި ވަނީ ރައީސް އަމީނު ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދުމުގެ ސަބަބުން މަރުހިފުމަށް ކުރެވުނު ކަމެއްގެ ގޮތުގައެވެ. ނަމަވެސް މައްސަލާއިގެ އަސްލު ގުޅެނީ މުޅިން އެހެން މީހަކަށް ސިހުރު ހަދައި މަރުވި މައްސަލައަކާއެވެ. މިހާދިސާތައް ހިނގާފައި ވަނީ މީލާދީން 1952 އާއި 1953 ގައެވެ.
މައްސަލައިގެ ހާދިސާ
އޭރު ހުވަދު އަތޮޅު އަތޮޅުވެރިޔަކަށް ހުރި ވީރު އަލީ ދީދީގެ އާއި މެދު އެ އަތޮޅު ވިލިގިލީ ދޮން އަހުމަދުގެ އަނީސް ކިޔާ މީހަކާއި ދެމެދު އުފެދުނު އަދާވަތްތެރިކަމެއްގެ ސަބަބުން އަތޮޅުވެރިޔާ ވީރު އަލީ ދީދީއަށް ސިހުރު ހަދުވައި ވިހައެއް ބޯންދީ އޭނާ މަރާލުމާއި ގުޅިގެން ހިންގި ތަހުގީގެކެވެ. މި އަދާވާތްތެރިކަމަކީ ހުވަދުއަތޮޅު ތިނަދޫއާއި އެއަތޮޅު ވިނލިގިއްޔާ ދެމެދު ކުރީއްސުރެ އޮތް ރަށުގެ ވާދަވެރިކަމުގެ ބައެކޭ ވެސް ބުނެއެވެ. ހުވަދުއަތޮޅު (ގއ. އަދި ގދ. އަށް) ދެބައި ކުރުމުގެ ކުރިން ތިނަދޫ އާއި ވިލިނގިއްޔަކީ ވަރަށް ވާދަވެރި ދެރަށްކަމަށް ވެއެވެ. ވެރިކަން ކުރަމުން އައީ ތިނަދޫގައެވެ. މައްސލާގައި ހިމެނޭ މަޝްހޫރު ފަންޑިތަވެރިޔާ ހަކީމު ދީދީގެ ރަށަކީ ވިލިނގިއްޔާއި ޖެހިގެން ކައިރީގައި އޮންނަ ނިލަންދޫ އެވެ.
ތިނަދޫގައި ހުރި އަތޮޅުވެރިޔާ ވީރު އަލީ ދީދީ އަކީ ދައުލަތުގައި ބަސްވިކޭ ބާރުގަދަ ވެރިއެކެވެ. އެއާއެކު މުޅި ރާއްޖޭގައި ވެސް އޭރު ހުރި ބާރުގަދަ ފަންޑިތަވެރިޔާ ހަކީމު ދީދީ އާއި މެދު އަތޮޅުވެރިޔާ އެހާ ރުހޭ ކަމަކަށް ނުވެއެވެ. އަތޮޅުވެރިކަމުގެ ބާރާއި ފަންޑިތަވެރިކަމުގެ ބާރުގެ ދެމެދުގައި އޮތް ނުތަނަވަސް ކަމ��ކީ ބާވައެވެ؟ ވީރު އަލީ ދިދީ އަތޮޅުގެ ރަށްރަށަށް ދަތުރުކޮށް ދައުލަތަށް ދައްކަން ޖެހޭ “ޓެކްސް” (ހިކިމަހާއި ކުފުރާ) ދައްކަމުން ދޭތޯ ބަލަމުންދިޔައެވެ. 1952 ގައި އަމީން ދީދީގެ ބޮޑު ވަޒީރުކަމުގައި ހުރިހާ ވިޔަފާރިއެއްގެ ކޮންޓްރޯލް މާލެއަށް ނެގުމުގެ ނުތަނަވަސްކަން ދެކުނުގެ 4 އަތޮޅުގައި ވެސް އޮތެވެ. އެއާއެކު އަމީނު ދީދީގެ ޒަމާނީ ވިސްނުމާއި ދެކޮޅު މީހުންވެސް އުފެދެމުން ދިޔައެވެ. އެގޮތުން އަމީނު ދީދީގެ އުސޫލުތަކުގެ ދަށުން ރަށްރަށުގައި ސީދާ ބޮޑެތި މަގުތައް ހަދަންމުން ދިއުމުން މީހުންގެ ގޯތިން ބައެއް ގެއްލުމާއި ރުއްގަސް ގެއްލި، ބަދަލެއް ނުލިބި ދިޔުމުން މީހުންގެ ނަފުރަތު ބޮޑުވަމުން ދިޔައެެވެ. އަދި އަންހެނުން ކުރިއަށްނެރެން ކުރި މަސައްކަތަށް ވެސް އޭރު ގިނަބައެއްގެ ނުރުހުން އޮތެވެ.
އަތޮޅުވެރިޔާ ވީރު އަލީ ދީދީއަކީ އަމީނުގެ އިތުބާރު އޮތް އޭނާގެ އުސޫލުތައް ހުވަދުއަތޮޅުގައި ހިންގަމުން އައި ބާރުގަދަ ވެރިއެވެ. ދެރަށުގެ ވާދަވެރިކަމާއި އެކު ވީރު އަލީ ދީދީ ނެތިކޮށްލުމަށް (މަރާލުމުށް) ވާދަވެރި ވިލިނގިލީ ފަންޑިތަވެރިޔާ ދޮން އަހުމަދުގެ ދަރި އަނީސް (ރެކިފުތާ) ގެ ނިޔަތް އޮވެމެ، އެކަމަށް ނިލަންދޫ ހަކީމު ދީދީގެ އެހީތެރިކަން ހޯދިއެވެ. އެގޮތުން ވީރު އަލީ ދީދީ އާއްމުކޮށް އަތޮޅުތެރެގައި ކުރާ ދަތުރުގެ ބުރެއްގޮތުން ވިލިނގިޔަށް ކުރި ދަތުރަކަށް އަނީސް އާއި އޭނާގެ ބައިވެރިން ތައްޔާރުވަމުން ދިޔައެވެ.
އަނީސްގެ އެދުމަށް، އޭރު މުޅި ރާއްޖެއިން ވެސް މަޝްހޫރު، ފަންޑިތަވެރިޔާ ގއ. ނިލަންދޫ ޙަކީމް ދީދީ ވިލިގިއްޔަށް ގެނެސް ސިހުރުގެ ފަންޑިތައެއް ހެދިއެވެ. މި ސިހުރު ހެދުމުގައި ހަކީމު ދީދީގެ އިތުރުން ގއ. ވިލިނގިލީ ދޮންދިޔަގެ އަލީ ތައްޚާނާއި، ދޮން އަހުމަދުގެ އަލީ ތަކުރުފާނާއި، ދޮން އަހުމަދުގެ އައިސާ ފާނު އަދި ދޮން އަހުމަދުގެ އަނީސް ގެ އަންހެނުން ފާތިމަތު ދީދީ އެކިގޮތްގޮތުން ބައިވެރިވެފައި ވެއެވެ.
ދިވެހި ތާރީޚުގައި މަރުގެ ހުކުމް ތަންފީޒު ކުރި ހަމައެކަނި ހާދިސާގެ ކުށްވެރިން އަދި އޭރުގެ ރައީސް މުހައްމަދު އަމީނު ދިދީ
ވިލިނގިލީ ފަޅުތެރެއިން އަނީސް ވިހަ ހިކައެއް ހިފައިގެން އައިސް ސިހުރު ހަދުވާފައިވާ ވިހަ ހިކަ ލައިގެން އައިސާފާނު ލައްވައި ސައި ��ެއްކުވިއެވެ. އަދި އެސައި ވީރު އަލީ ދީދީއަށް ގެންގޮސް ދިިނީ އަނީސްގެ އަންހެނުން ފާތިމަތު ދީދީއެވެ.
ވިލިގިއްޔަށް ކުރާ ދަތުރު ތަކުގައި ވީރު އަލީ ދިދީއަށް އަބަދުވެސް ދޮން އަހުމަދު ގެއިން ސަޔަށް ދައުވަތު ލިބެއެވެ. އެގޮތުގެ މަތީން އެފަހަރު ވެސް ދައުވަތު ލިބި، ދޮން އަހުމަދާއި އެކު އެގޭގައި ބޯކިބަލާއި އެކު ސަޔާއި ބޮމުން ސިޔާސީ ވާހަކައާއި ދައުލަތަށް ދައްކަން ޖެހޭ “ޓެސްކްގެ” ވާހަކަ ދައްކަމުން ދިޔަކަމަށް ވެއެވެ. އެ ދަތުރުގައި ބޮޑަށް ވާހަކަ ދެކެވުނީ ރާއްޖޭގެ އައު ޒުވާން ލީޑަރު އަމީން ދީދީ ގައުމުގެ ކަންކަމާއި ހަވާލުވެފައިވާ ވަހަކައާއި މާލެ ފޮނުވަން ޖެހޭ “ޓެކްސް”ގެ ވާހަކަ ކަމަށްއެވެ. އެދުވަސްވަރުގެ ރައްޔިތުންގެ އަތްމަތި ދަތިކަމާއި (ދެވަނަ ބޮޑު ހަގުރާމައަށްފަހު ރާއްޖެއަށް ކުރިމަތިވި ތަދުމަޑުކަން) ވިޔަފާރިތައް މާލެއިން ކޮންޓްރޯލްކޮށް ޓެސްކް ނަގާތީ ދޮން އަހުމަދުގެ އޮތް ނުތަނަވަސްކަން ހާމަކުރިއެވެ.
ސައިބޮއެ ނިމި މާގިނަ އިރެއްނުވެ ވީރު އަލީ ދީދީގެ ހަތަރެސްފައިން ބާރުދަށްވާން ފަށައި، އަތްފައި ތުރުތުރުލައި ވާހަކަ ދެއްކުމަށް އުނދަގޫވެ ހާލު ދެރަވާން ފެށިއެވެ. އަދި ލޮލުގެ ކަޅި ހުއްޓި ހޭނެތިގެން ވެއްޓުނެވެ. އެއާއެކު އަތޮޅުު ބައްތެލީގައި އައި ވީރު އަލީދީދީގެ ބައިވެރިން އަވަހަށް އޭނާ ނަގައި އަނބުރާ، އަތޮޅުގެ އަނެތް ބިތުގައި (ހުޅަގުބިތުގައި) އޮންނަ، ތިނަދޫއަށް ގެންދިޔައެވެ. ނަމަވެސް ހާލު ދެރަވަމުން ގޮސް އެންމެ ފަހުން ވީރު އަލީ ދީދީ މަރުވެ، ހާދިސާއަށް 24 ގަޑިއިރު ވަޅުލައިފިއެވެ.
ވީރު އަލީ ދީދީގެ މަރުގެ ޚަބަރު މާލެއަށް، މުހައްމަދު އަމީނަށް ލިބުމުން ބޭނުންފުޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމިއްލައަށް ހުވަދުއަތޮޅަށް ދަތުރު ކުރައްވާށެވެ. އަމީން ދީދީގެ މި ދަތުރުގެ މައުލޫމާތު ހަކީމް ދީދީ އަށާއި ބައިވެރިންނަށް ވެސް ލިބި އަމީނު ދީދީއަށް ސިހުރުން ހަމަލާދީ ނެތިކޮށްލުމަށް، ނުވަތަ އޭނާގެ ބާރު ކަނޑުވާލުމަށް ތައްޔާރުވަމުން ދިޔައެވެ. (ނޯޓު: ގއ. އަދި ގދ.ގެ ބައެއް މީހުން ބުނާ ގޮތުގައި މުހައްމަދު އަމީނު މައްސަލަ ބެއްލެވުމަށް ހުވަދުއަތޮޅަށް ދަތުރުކުރެއް ނުކުރައްވައެވެ.)
(ނުުނިމޭ)https://mikalnews.com/report/12531/
ތާރީޚު: ދިވެހި ރާއްޖޭގައި މަރުހިފުމުގެ ހާދިސާ 2
ތާރީޚު(ކުރީގެ ބަޔާއި ގުޅޭ)
ވީރު އަލީ ދީދީގެ މަރުގެ ޚަބަރު މާލެއަށް، މުހައްމަދު އަމީނަށް ލިބުމުން ބޭނުންފުޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމިއްލައަށް ހުވަދުއަތޮޅަށް ދަތުރު ކުރައްވާށެވެ. އަމީން ދީދީގެ މި ދަތުރުގެ މައުލޫމާތު ހަކީމް ދީދީ އަށާއި ބައިވެރިންނަށް ވެސް ލިބި އަމީނު ދީދީއަށް ސިހުރުން ހަމަލާދީ ނެތިކޮށްލުމަށް، ނުވަތަ އޭނާގެ ބާރު ކަނޑުވާލުމަށް ތައްޔާރުވަމުން ދިޔައެވެ. (ނޯޓު: ގއ. އަދި ގދ.ގެ ބައެއް މީހުން ބުނާ ގޮތުގައި މުހައްމަދު އަމީނު މައްސަލަ ބެއްލެވުމަށް ހުވަދުއަތޮޅަށް ދަތުރުކުރެއް ނުކުރައްވައެވެ.)
އަމީނު ދީދީގެ އޮޑި “ހައި ސެންޓް” ހުވަދު އަތޮޅުތެރޭ ދަތުރު ކުރަމުން ދިޔައިރު ހަކީމް ދީދީ އާއި، ދޮން އަހުމަދުގެ އަލީ ތަކުރުފާނާއި، ދޮންދިޔަގެ ޢަލީ ތަކުރުފާނާއ،ި މި 3 މީހުން ގއ.ވިލިނގިލީ ޤަބުރުސްތާނުގައި ވަޅުލާފައިވާ ތުއްތު ދެ ކުއްޖެއްގެ މަހާނަ ކޮނެގެން ގަބުރުގެ މޭގަނޑުނަގައި އެއިން ތެޔޮ ހޭނިއެވެ. އަދި އެ ތެޔޮ އެ މީހުންގެ ހަށިގަނޑުގައި އުނގުޅައި، ތެޔޮހާނާފައި ބާކީ ހުރި ކުނޑިތައް (ކާވި) ކެއީ ކަމަށް ވެއެވެ. މީގެ އިތުރުން ހޭނި ތެޔޮ އަޅައިގެން ގޮދަން ފުށްގަޑެއް މޮޑެގެން، އަމީން ދީދީގެ ސޫރައެއް ހަކީމް ދީދީ ހެދިއެވެ. އަދި ދެ އަލީ ތަކުރުފާނު ލައްވައި އެ ރޯ ފުށްގަޑުގެ ސޫރަ ކައި ހުސްކުރުމަށް އެންގިއެވެ. ނަމަވެސް އެމީހުންނަށް އެ ސޫރަ ކައިކައި ހުސްނުކުރެވި ހޮޑުލެވެން ފެށީ ކަމަށް ވެއެވެ.
އެދުވަސްވަރު، މަސްފަންޑިތަ އާއި އިސްތިރި ވަރިތޮޅި އަދި ސިހުރު ހާހޫރައިގެ ފަންޑިތަވެރިކަމުގެ އެންމެ ކުޅަދާނަ، ބާރު ގަދަމީހާ ހަކީމު ދީދީއަށް، “ފުށްގަނޑު ސޫރަ” ކައި ހުސްކޮށް ނުލެވުމުން އޭނާގެ މަގުސަދު ހާސިލު ނުވެދާނެ ކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް އޭނާ ބޭނުންވީ އިތުރަށް ފަންޑިތަހަދައި އަމީނު ދިދީއަށް ވިލިނގިލީ ކައިރީ އޮތް ނިލަންދޫއަށް އޭނާ ބަލާއައިސް އެރުނަ ނުދިނުމަށެވެ.
ބައެއް މީހުން ބުނާ ގޮތުގައި އޭރު މުހައްމަދު އަމީނު ވަނީ ހަކީމު ދީދީއާއި ދެކޮޅަށް އޭނާގެ ދެ އަންހެން ދަރީން ރީތީގެ މުބާރާތް “މިސް ފަތްމިނި” އަށް މާލެ ގެންގޮސްފައެވެ. އެކަމުގެ ނުރުހުމާއި ބަދަލު ހިފުމުގެ ރޫހު ހަކީމު ދީދީގެ ވެސް އޮތް ކަމަށެވެ. ހަމަ އެއާއެކު، އެދުވަސްކޮޅު މަލޭގައި ސޯސަން ވިލާގައި ބަހައްޓާފައި ހުރި ހަކީމު ދީދީގެ އަންހެން ދަރިއަށް މުހައްމަދު އަމީނުގެ ކަރުގައި ހުރި ފާރުގަނޑެއް ދައްކާފައި އެއީ ހަކީމު ދީދީގެ ސިހުރުގެ ކަމެއްކަމަށް މުޙައްމަދު އަމީނު ބުނިކަމަށް ވެސް ވެއެވެ. ވުމާއެކު މުހައްމަދު އަމީނު ވެސް ބޭނުންވެފައި އޮތީީ، އޭރު މަޝްހޫރު ފަންޑިތަވެރިޔާ ހަކީމު ދީދީގެ ކިބައިން ބަދަލުހިފުމަށް ކަމަށް ވެއެވެ. އަދި ސިހުރު ހާހޫރައިގެ ފަންޑިތަވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ކުރިއަށް ނުކުމެހުރި ކަމަށް ވެއެވެ.
ހުވަދޫއަތޮޅު
ގއ.ނިލަންދޫ ފާލާމާއި ދިމާލުން ހޮޅުއަށީގައި ހަކީމު ދީދީއާއި ރަށުގެ ބޮޑެތި މީހުން ސިޔާސީ ވާހަކައާއި އެކިއެކި ވާހަކަ ދެއްކުމުގައި ތިއްބާ، ކުއްލިއަކަށް ހަކީމު ދީދީ ފުންމައިގެން ތެދުވެފައި “އެ އަންނަނީ ތިމަންނަ ބަލާ” ކަމަށް ބުނެ ރަށާއި ދިމަލަށް ފަޅުތެރެއިން އަންނަ ކުޑަ އުޅަނދެއް ދެއްކިއެވެ. އަދި ރަށަށް އަރާކަށް ލާހިކެއް ނޫން ކަމަށް ބުނެ، ތެދުވެގެން ގޮނޑުދޮށަށް ގޮސް ‘ތިން ރަމަލުން ރަލަމަލް’ ޖެހިކަމަށެވެ. އަދި އެއާއެކު އުޑުމަތި ބަނަވާން ފަށައި، ކަނޑު ގަދަވެ ރާޅުތައް ބޮޑެތިވާން ފެށިކަމަށެވެ.
އެއީ މުހަމައްދު އަމީނު ދަތުރުކުރަމުންދިޔަ ޑިންގީ ގއ.ނިލަންދޫ އާއި ދިމާލަށް ދިޔަ ވަގުތުކަމަށް ވެއެވެ. ހަކީމު ދީދީގެ ފަންޑިތައާއެކު ޑިންގީ އަޑިއަށް ދާހެން ރަށުގައި ތިބި މީހުންނަށް ހީވި ކަމަށެވެ. ބައެއްފަހަރު ނަގާ ރާޅުތަކުގެ ތެރެއަށް ޑިންގީ އެއްކޮށް ގެއްލެއެވެ. ނަމަވެސް ރާޅުތަކުގެ ތެރެއިން ޑިންގީ ރަށާއި ކައިރި ވަމުން ދިޔައެވެ. އެއާއެކު ހަކީމު ދީދީ އަށް ކާމިޔާބު ނުލިބުނު ކަން ޔަގީންވެ އަވަހަށް އެތަނުން ގޮސްފިއެވެ. ފާލަން ކައިރިއަށް އެއްވެފައިވާ މީހުންތަކުގެ ތެރެއިން، އައިނެއް އަޅައިގެން ހުރެ ރަށަށް ފޭބީ އޭރުގެ ރާއްޖޭގެ ވެރިކަމުގައި ހުރި އެންމެ ބާރުގަދަ ވެރިޔާ، ބޮޑުވަޒީރު މުހައްމަދު އަމީނެވެ. އަމީން ދީދީ އެރަށަށް އެއައީ އަތޮޅުވެރިޔާ ވީރު އަލީ ދީދީގެ މަރުގެ ތަހުގީގަށް ހަކީމު ދީދީ ބަލައިކަން އެންމެންނަށް ޔަގީން ވެގެން ދިޔައެވެ. މީހުންގެ ކަޅިތައް ދެފަރާތަށް ހޫރި��ާ ހަކީމު ދީދި ކޮބައިތޯ ބެލިއިރު ފެންނާކަށް ނެތެވެ. ފާލަމާއި މާދުރު ނޫން ހިސާބު ހަކީމު ދީދީގެ ގޭގައި އެނދުގައި ދެއަތް ބޯ ދަށަށްލައިގެން ދެން ކަންތައްކުރަންވީ ގޮތަކާއިމެދު ފިކުރުކުރަން އޮތެވެ. ހަކީމު ދީދީ ނިންމީ އޭނާގެ ފަންޑިތަވެރިކަމުގެ މަޝްހޫރުކަން ދެމިގެން ދާނީ އެގޮތުގައި އެގޮތުގައި މަރާ ހަމަޔަށް ވެސް ދިއުމުން ކަމަށެވެ.
ސިހުރު ފަންޑިތަވެރިކަމުން މިދަތުރުގައި މުހައްމަދު އަމީނަށް އަސަރުކުރާވަރުގެ ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. ހަކީމު ދީދީ އާއި މައްސަލާގައި ހިމެނޭ މީހުން މާލެ ގެންގޮސް ޝަރީއަތް ކުރިއެވެ.
ހުޅުވާލައިގެން ބޭއްވި ޝަރީޢަތުގައި ހަކީމް ދީދީ އާއި ދޮން އަޙްމަދުގެ ޢަލީ ތަކުރުފާނު ވަނީ ގިނަބައެއްގެ ކުރިމަތީގައި އެކަން ކުރިކަމަށް އިޢުތިރާފުވެފައެވެ. ނަމަވެސް ދޮންދިޔަގެ އަލީ ތަކުރުފާނު މިކަމަށް އިންކާރު ކުރިކަމަށް ވެއެވެ. އެކަމަކު ދޮންދިޔަގެ ޢަލީ ތަކުރުފާނު ވެސް އެކަމުގައި ބައިވެރިވިކަމަށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށް ބަލާފައި ވެއެވެ.
ވިހަ ހިކަ ލައިގެން ސައި ކައްކައިދިން ކަމަށާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ވީރު އަލިދީދީ ނެތިކޮށްލުމަށް ހިންގި ކަންކަމުގައި ބައިވެރިވިކަމަށް ދޮން އަހުމަދު ދީދީގެ އައިސާފާނު އެއްބަސްވިއެވެ. އަދި އަނީސްގެ އަންހެނުން ފާތިމަތު ދީދީ ވީރުއަލީ ދީދީއަށް ސައި ގެންގޮސް ދިން ކަމަށް އެއްބަސްވިއެވެ.
އެ އެންމެން ވެސް، މީހަކު މެރުމަށް ސިހުރު ހެދުމުގައި ބައިވެރިވިކަން ޝަރީއަތަށް ސާބިތު ކުރެވި، ފަނޑިޔާރު ޖަލާލުއްދީން ހުކުމްކުރެއްވީ ދޮންދިޔަގެ އަލީ ތަކުރުފާނާއި، ދޮން އަހުމަދުގެ ޢަލީ ތަކުރުފާނު އަދި އައިސާ ފާނު 39 އެތިފަހަރުން ތައުޒީރުކުރުމަށް ފަހު އުމުރު ދުވަހަށް ހައްޔަރުގައި ބެހެއްޓުމަށެވެ. އަދި ފާތިމަތު ދީދީ 29 އެތިފަހަރުން ތައުޒީރުކުރުމަށް ހުކުމް ކުރިއެވެ. ނަމަވެސް ފާތިމަތު ދީދީ ވިހަން ކައިރިވެފައި އިނުމުން ހުކުމް ތަންފީޒުކުރުން ވިހައި ގަދަވަންދެން ފަސްކުރެވުނެވެ. ޝަރީއަތުގެ 4 މަސްދުވަހުގެ ތެރެގައި އަނީސް ނިޔާވީއެވެ.
މީހަކު މެރުމުގެ ނިޔަތުގައި ސިހުރު ހެދިކަމަށް އިއުތިރާފުގެ ބަހާއެކު ޝަރީޢަތުގެ މަޖިލީހުން ފަނޑިޔާރު ހުކުމް ކުރެއްވީ ގއ.ނިލަންދޫ ޙަކީމްދީދީގެ މަރު ހިފުމަށެވެ.
ދިވެހި ތާރީޚުގައި މަރުގެ ހުކުމް ތަންފީޒު ކުރި ހަމައެކަނި ހާދިސާގެ ކުށްވެރިން އަދި އޭރުގެ ރައީސް މުހައްމަދު އަމީނު ދިދީ
އެއާއެކު ހަމަ އެދުވަހު، 7 އޭޕްރީލް 1953 ގައި ހަކީމް ދީދީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންތައްތައް ހުޅުލޭގައި ކުރިޔަށް ގެންދެވުނެވެ. އެތަނަށް ފަނޑިޔާރު ޖަލާލުއްދީނާއި އޭރުގެ ވަޒީރުލް އަމީން އާންމާއި، ވަޒީރުލްއަމީން އާންމުގެ ވަކީލާއި، މަހުކަމަތުއް ޝަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުންނެވި އައްޝައިޚް އިބްރާހިމް ރުޝްދީ އަލްއަޒްހަރީ އާއި، ފަޟީލަތުއް ޝައިޚް މަލިމް މޫސާ ކަލޭފާނުގެ ހާޒިިރުވެ ތިއްބެވެ. ބަޑިޖެހުމުހުގެ ކުރިން ހަކީމު ދީދީގެ ފަހު ވަސިއްޔަތެއް އޮތްތޯ އަމީން ދީދީ ފުރުސަތު ދެއްވުމުން ވަސިއްޔަތެއް ނެތްކަމަށް ބުނިކަމަށް ވެއެވެ. އެއާއެކު ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ރުކެއްގައި އައްސާފައި ބަހައްޓައި، ޓިނު އަލިފުޅު ލައްވައި ހަކީމް ދީދީ ގަޔަށް ބަޑިޖަހައި މަރުހިފައިފީއެވެ.
ސިހުރު ހެދުމުން މަރުގެ އަދަބުދިނީއެވެ.
އެއިގެ ކުރިން ވެސް އަދި ފަހުން ދިވެހިރާއްޖެގައި އަދި މިހާތަނަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާކަން އެނގޭކަށް ނެތެވެވެ. ނަމަވެސް ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވަރިކަން ބަދަލުކޮށްލުމަށް ހަމަލާ ދިންމީހުން މެރުމަށް ހުކުމްކޮށް، އެހުކުމް ތަންފީޒުކުރުން 25 އަހަރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފައި ވެއެވެ. މިބުނެވުނު މަރުގެ ��ެ ހުކުމް ވެސް ކޮށްފައި ވަނީ އެންމެ މަރުހާލައެއްގެ ކޯޓަކުންނެވެ.
އެއިގެ ފަހުން، ފައިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުން މަރުގެ ހުކުމް ކޮށްފައި ވެއެވެ. 2017 ވަނަ އަހަރު ރައީސް ޔާމީނު ވަނީ ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒުކުރުން އެ އަހަރު ސެޕްޓެމްބަރު މަހު ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކ.މާފުށީ ޖަލުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޚާއްސަ ކޮޓަރިއެއް ހަދާފައިވެއެވެ. މަރުހިފުމަށް ކަނޑައަޅާފައި ވަނީ ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖިކްޝަން ޖަހައިގެން ނެވެ. މި ދެ ގޮތަށް ވެސް މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންވާ ސާމާނު ވެސް ހޯދައި ވަނީ ތައްޔާރުކޮށްފައެވެ.
ރާއްޖެގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ހަދާފައިވާ ކޮޓަރީގައި ހުރި ‘މަރު އެނދު’ 2017. ފޮޓޯ މިހާރު ނޫސް.
ރާއްޖޭގެ ކޯޓުތަކުން މަރުހިފުމަށް ހުކުމްކޮށް، އިސްތިއުނާފު މަރުހަލާތައް ނިންމާފައިވާ 3 މީހަކު އެބަތިއްބެވެ. އެއީ ދުުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖުލިސް މެމްބަރު، އަދި މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. އަފްރާޝީމްގެ އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލް އަދި ގާނޫނީ ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.
ނަމަވެސް އެއިން މީހަކަށް މަރުގެ ހުކުމް އަދި މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެއެވެ.
ނޯޓް: މިހާދިސާގެ މައުލޫމާތު ގެނެސް ދީފައި ވަނީ މިކަމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ލިޔެފައިވާ ލިޔުންތަކުގެ މައްޗަށް ބަލައިގެންވެ. އެގޮތުން މި ހާދިސާ ގއ. ނިލަންދޫއަށް ދަތުރުކޮށް އެރަށު މުސްކުޅިންގެ ބަސްތައް ހޯދައި ދިރާސާކޮށް ލިޔުނު ޑެނިއަލް ބޮސްލޭގެ ލިޔުމާއި maldivesculture.com ގެ ލިޔުމާއި ހަވީރު ނޫހުގެ (12 ފެބްރުއަރީ 2002)ގައި ލިޔެފައިވާ ލިޔުމެއް ހިިމެނެއެވެ.
މިހާދިސާ ހިނގިގޮތް ކަމަށް އެކި މީހުން ކިޔައިދީފައިވާ ގޮތާއި އެކި ލިޔުންތަކުގައި ތަފާތު ހުރި ކަން ފާހަގަ ކުރަމަވެ. ވުމާއެކު ސިދާ ތެދު ހަގީގަތަކީ ކޮބަިއކަން ބައެއްކަންކަމުގައި ޔަގީން ކުރެވޭގޮތް ވަނީ ނުވެފައެވެ.
#gaafalif#nilandhoo#villingili#hakeemdidi#mohamedamin#dhonahmedgeanees#dhonahmedgeaisaafaanu#dhonahmedgealithakurufaanu#dhondhiyegealithakurufaanu#sihuru#veerualididi#thinadhoo
11 notes
·
View notes
Photo
Villingili 2016
2 notes
·
View notes
Text
Kuda Villingili Resort Maldives Celebrates Remarkable Win as Best Wellness Resort on Global Wellness Day 2024
Kuda Villingili Resort, Maldives, proudly announces its victory in the Best Wellness Resort competition during Global Wellness Day 2024. This prestigious event, endorsed by the Ministry of Tourism and sponsored by COSMERC, took place on June 8, 2024. This accolade highlights Kuda Villingili’s dedication to wellness and its innovative approach to embracing nature.
#Best Wellness Resort#COSMERC#Global Wellness Day 2024#health and wellness#Hotel News#Kuda Villingili Resort#luxury resort#luxury travel#maldives#Maldives tourism#Ministry of Tourism#top wellness resort#tourism accolade#travel and wellness#Travel news
2 notes
·
View notes
Text
Kuda Villingili Resort Maldives gets recognised by Conde Nast Traveller's Readers' Choice Awards
Kuda Villingili Resort Maldives has been ranked eighth among the top 20 resorts in the Indian Ocean by Conde Nast Traveller's 2024 Readers' Choice Awards, just three years after its opening. The award recognizes the resort's exceptional hospitality and service, underscoring its commitment to luxury travel experiences. Commercial Director Amjad Thaufeeg expressed pride in this recognition, highlighting the dedication of the staff and owners to enhancing offerings. Located in North Male Atoll, the resort features 75 villas, the largest pool in the Maldives, and a variety of dining and recreational facilities. https://app.newsepick.com/details/kuda-villingili-resort-maldives-gets-recognised-by-conde-nast-travellers-readers-choice-awards
#Kuda Villingili Resort#Maldives resort#Conde Nast Traveller#Readers' Choice Awards 2024#Top resorts Indian Ocean#Luxury travel#Hospitality recognition#North Male Atoll#Amjad Thaufeeg#Maldives largest pool#Villas in Maldives#Recreational facilities#Dining options
0 notes
Photo
Villingili Resort and Spa, Maldives
0 notes
Photo
Villingili Resort and Spa, Maldives
0 notes
Text
Villingili Resort and Spa, Maldives
0 notes
Photo
Villingili Resort and Spa, Maldives
1 note
·
View note
Photo
Villingili Resort and Spa, Maldives
0 notes
Photo
Villingili Resort and Spa, Maldives
1 note
·
View note
Text
Top Global Destinations You Need to Experience
Kuda Villingili
Kuda Villingili has introduced exciting new features, including sunset water villas with private pools. At the Teppanyaki Grill in Mar-Umi, expect a delightful culinary experience. A brand new padel tennis court adds to the excitement. This festive season, the island transforms, offering a redefined sense of time and space. Visit kudavillingili.com and follow them on Instagram @kudavillingiliresort.
Mirihi
Mirihi, a boutique island reminiscent of Robinson Crusoe, offers 38 villas and suites, white sandy beaches, and a stunning house reef. The serene sunsets make television redundant. Activities such as yoga, Whale Shark snorkeling, and sunset fishing allow for complete relaxation. Enjoy dining at two restaurants, a cocktail bar, and a wine lounge. Unique beach dining experiences or a meal on the resort’s wooden yacht add to the charm. Visit mirihi.com and follow them on Facebook @mirihiislandresort.
K-Club Ubud
K-Club Ubud, a winner of prestigious awards, features 30 luxurious villas and 11 glamping tents with jungle and rice field views. Enjoy gourmet dining at Akar, rejuvenate at Mekar Spa, and party at Kabana, Bali’s exclusive jungle nightclub. This retreat promises a holistic experience. Visit kclubgroup.com and follow them on Instagram @kclububud.
Petit St Vincent
Petit St Vincent, a charming Caribbean island, offers unspoiled sugar-white sands and tropical greenery. Guests have enjoyed this laid-back luxury for decades. It's located in the southern Windward Islands of the Grenadines. Visit petitstvincent.com and follow them on Instagram @petitstvincent.
Casa De Uco Wine Resort
Casa De Uco Wine Resort, in Argentina’s Mendoza province, offers a blend of architecture and nature. Enjoy wine culture in a warm and sophisticated atmosphere. The resort features a Wine Bar & Lounge, award-winning restaurant, and stunning outdoor dining spaces. The underground wine cellar boasts an impressive collection of regional wines. Visit casadeuco.com and follow them on Instagram @casadeuco.
Alta Vista Bali
Alta Vista Bali is a luxurious retreat in Bali’s Munduk Mountains. It offers stunning views down to the north coast and is surrounded by natural attractions. This exclusive hideaway is perfect for guests seeking tranquility in pristine surroundings. Visit altavistabali.com and follow them on Instagram @altavista.bali.
Fellah Hotel
Fellah Hotel, near Marrakech, blends luxury farm life with an inspiring art center. The hotel is deeply connected with the local community. Guests support the flourishing of Dar Al-Ma'mûn, a cultural hub. Employees from the nearby village bring local culture into this serene retreat. Visit fellah-hotel.com and follow them on Instagram @fellah_hotel.
Bamurru Plains
Bamurru Plains, an all-inclusive Australian safari camp, offers an intimate connection with nature. Located in the Northern Territory’s tropical Top End, this camp is home to spectacular wildlife. Safari bungalows provide a front-row seat to nature's grand show. Visit bamurruplains.com and follow them on Instagram @bamurruplains.
Platinum Heritage
Platinum Heritage offers cultural and nature-infused journeys across the Middle East. Explore the Dubai desert in 1950s Land Rovers or embark on a safari through AlUla's canyons. As the region's only eco-luxury desert safari provider, it offers a unique experience. Visit platinum-heritage.com and follow them on Instagram @platinumheritage.
Halcyon Mawella
Halcyon Mawella, a boutique hotel on Sri Lanka's south coast, offers a peaceful retreat where the jungle meets the Indian Ocean. The hotel features traditional Iluk grass roofs and thoughtful design, perfect for relaxation. Visit halcyonmawella.com and follow them on Instagram @halcyon_mawella.
Explorar Koh Samui (16+) Adults Only Resort
Explorar Koh Samui, located on Mae Nam Beach, is an adults-only resort offering direct sea views, spacious suites, and a 50-metre infinity pool. The resort also features a co-working space, wellness spa, and a private beach with sunset mixology. Visit explorarhotels.com and follow them on Instagram @explorarkohsamui.
0 notes
Text
Discover the Hidden Gems of the Maldives A Journey Beyond the Ordinary
When we think of the Maldives, the first images that come to mind are often those of overwater bungalows, pristine beaches, and crystal-clear waters. And while these are undeniably stunning, there's so much more to the Maldives than just its postcard-perfect resorts. If you're the kind of traveler who craves a deeper connection with your destination, exploring the lesser-known attractions of the Maldives might just be what you need in Maldives tour Packages.
🌊 Vaadhoo Island – The Sea of Stars
Imagine walking along a beach under the night sky, and suddenly, the ocean starts glowing a brilliant blue. No, you're not dreaming—this is the magic of Vaadhoo Island! The bioluminescent plankton here creates a surreal experience known as the "Sea of Stars." It’s a sight that feels straight out of a fantasy, and the best part? You can enjoy it in peace, away from the crowds. Make sure to add this to your Maldives tour for an unforgettable night.
🏄 Thulusdhoo Island – Surf's Up!
Did you know the Maldives is home to some epic surf spots? Thulusdhoo Island is a hidden gem for surfers, offering some of the best waves in the archipelago. Whether you're a seasoned pro or a newbie looking to catch your first wave, Thulusdhoo's laid-back vibe and killer surf breaks make it a must-visit. Plus, it’s less crowded than the more famous surfing destinations, so you can enjoy the waves all to yourself.
🐋 Maamigili Island – Swim with Giants
If you're into marine life, then Maamigili Island is calling your name. This spot is famous for its year-round whale shark encounters. Yes, you read that right—year-round! Swimming alongside these gentle giants is a humbling and awe-inspiring experience that will leave you with memories to last a lifetime. Make sure to include this in your Maldives tour package for an adventure you’ll never forget.
🚴 Fuvahmulah Island – Nature Lover’s Paradise
Fuvahmulah is unlike any other island in the Maldives. It's the only one-island atoll, boasting a unique mix of ecosystems from freshwater lakes to lush tropical forests. If you're a nature enthusiast, this island is a paradise waiting to be explored. Bike through its scenic landscapes, visit the tranquil lakes, and soak in the untouched beauty of Fuvahmulah.
🏝️ Villingili Island – A Quick Getaway from Malé
If you’re based in Malé and need a quick escape, Villingili Island is just a short ferry ride away. It’s the perfect spot for a day trip or a quiet retreat. With beautiful beaches and eco-friendly initiatives, Villingili offers a slice of paradise that’s both relaxing and responsible.
🏰 Utheemu Island – A Walk Through History
History buffs, this one's for you! Utheemu Island is where Sultan Mohamed Thakurufaanu, a national hero of the Maldives, was born. Explore Utheemu Ganduvaru, the wooden palace where the Sultan once lived, and dive deep into the rich history of the Maldives. It’s a lesser-known gem that offers a fascinating glimpse into the country’s past.
0 notes
Photo
Villingili 2016
0 notes
Text
Dine Under the Stars
Looking for an intimate dining experience under the stars? Kuda Villingili's chefs curate personalized menus for your dream destination dinner. What's your ideal setting? #maldivestravel #kudavillingiliexperience #luxurydining
0 notes
Link
0 notes
Text
One of the places we dove today was Villingili Kandu (which we will end up doing three times during the trip).
For the first part of the dive you are hooked off inside of a channel. Think of being at the top of a cliff. You have a hook with a 6-footish line that you hook under a rock. Then you attach the other end to your BCD. You inflate your BCD so the line is stretched out. Then you flap around in the crazy current. While you are doing this, A LOT of white top sharks are swimming in front of you through the channel. We so so many baby sharks on this trip.
This one is sleeping inside a little opening in the reef wall.
Once we unhook there (we've been at about 95 feet and can only stay that deep for about 15 minutes or so) we do a fast ride with the current to this area where there are A LOT of big turtles. Today, Barry and I saw these two and fought our way over to them. One left, but the other stayed and let us both take photos.
1 note
·
View note